ފަސިންޖަރުން އުފުލައިގެން ދަތުރުކުރި ރަޝިއާގެ ބޯޓެއް ނައްޓާލިތާ ކުޑައިރުކޮޅެއްތެރޭ ވެއްޓިއްޖެއެވެ.

ބޯޓު ވެއްޓުނުއިރު އޭގައި 71 ފަސެންޖަރުން ތިއްބެވެ. ރަޝިއާގެ ވެރިރަށް މޮސްކޯއިން ފުރައިގެން ބޯޓު ދަތުރުކުރަމުން ދިޔައީ އެ ގައުމުގެ އޯސްކަށެވެ.

ބެލެވިފައިވާގޮތުގައި ބޯޓުން ދަތުރުކުރި އެންމެން އެ ހާދިސާގައި ވަނީ މަރުވެފައެވެ.

ވެއްޓުނު ބޯޓަކީ ރަޝިއާގެ އެއާލައިނެއް ކަމަށްވާ ސްޓަރަޓޯވްގެ ބޯޓެކެވެ. ދެހާސް ފަނަަރަވަނަ އަހަރު އެ އެއާލައިން އިންސްޕެކްޝަންތައް ކުރިއިރު އެ އެއާލައިންގެ ބޯޓެއްގެ ކޮކްޕިޓުގެ ތެރޭގައި ކްރޫން ނޫން މީހަކު ފެނުނެވެ. އެ މައްސަލާގައި ބައިނަލަގްވާމީ ފްލައިޓުތައް އުދުހުމުގެ ހުއްދަ ވެސް ހިފަހެއްޓިއެވެ.

ނަމަވެސް ފަހުން ވަނީ ބައިނަލަގްވާމީ އުދުހުންތަކަށް ހުއްދަ ދީފައެވެ.

އެތެރޭގެ އުދުހުންތަކުގެ އިތުރުން، ޖޯޖިއާއާއި އަރުމީނިއާއަށް ވެސް ފްލައިޓުތައް އެ އެއާލައިނުން ބާއްވައެވެ.