ސަސްޕެންޑް ކޮށްފައިވާ ގާނޫނީ ވަކީލު ނާޒިލު އަފީފުގެ ސަސްޕެންޝަން އުވާލައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެކަން އަންގައިފި އެވެ.

ނާޒިލް ހިމެނޭ ގޮތަށް 54 ވަކީލެއް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ސަސްޕެންޑްކުރީ ޖުޑިޝަރީގައި ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.

މިއަދު ޑީޖޭއޭއިން ވަނީ ނާޒިލްގެ ސަސްޕެންޝަން އުވާލިކަން އަންގާފަ އެވެ. އަދި އެއާ އެކު ސަސްޕެންޑް ކުރި ހުރިހާ ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ.