11 Feb 2018, 09:55
މޯލްޑިވްސް ޕޮލިސް ސާވިސް ހިންގުމާ ހަވާލުވެ ހުންނެވި ޑީސީޕީ އަބްދުﷲ ނަވާޒާއި، ކުރިން އެ ސާވިސްގައި މަސައްކަތް ކުރެއްވި ބައެއް އޮފިސަރުން ހައްޔަރު ކުރަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ލިސްޓުގައި، މިހާރު ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ސީނިއާ ބައެއް އޮފިސަރުންގެ ނަންވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އެސިސްޓެންޓް ކަމިޝަނަރު ރޭންކުގެ އޮފިސަރުންތަކެއްގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަދި ސުޕްރިންޓެންޑެންޓް ފެންވަރުގެ ގިނަ އަދަދެއްގެ އޮފިސަރުންގެ ނަން އެ ލިސްޓުގައި ހިމެނެއެވެ.
މީގެ އިތުރުން ކުރީގެ ސީޕީ އަހްމަދު އަރީފާއި އޭނާ ވަޒީފާއިން ވަކިކުރުމުން ދެން އެ އިދާރާ ހިންގަން ހުރި ޑީސީޕީ އަހްމަދު ސައުދީގެ ނަންވެސް ވަނީ ފާހަގަކޮށްފައެވެ.
Please be informed; the Arrest List for MPS Officers, circulating in social media circles, is an incorrect, and false, list.
— Maldives Police (@PoliceMv)February 10, 2018
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ފުލުހުންގެ ތެރޭގައި އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.