20 Aug 2011, 15:01
ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ އެއް ވަނަ ނެޓްބޯލް މުބާރާތުގައި ރޭ ކުޅުނު މެޗްތައް ކާމިޔާބުކޮށް ސެމީފައިނަލަށް ޓީމްތައް ދަތުރުކޮށްފި އެވެ.
ޖުމްލަ ހަ ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓްގައި ރޭ މިމުބާރާތް ފެށި އިރު، ރޭ ވަނީ ޖުމްލަ ހަ މެޗެއް ކުޅެފަ އެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ޓީމެއް ސެމީ ފައިނަލަށް ވަނީ ދަތުރު ކޮށްފަ އެވެ.
މިރޭ 9:30ގައި ކުޅުމަށް ހަމަޖެހިފައިވާ ސެ މީފައިނަލްގެ ދެމެޗްގެ ތެރެއިން ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ނިއުވެލޯޒިޔާ ސީނިއާ ޓީމާ އިމިގްރޭޝަން އެވެ. ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ފިއޮންޓީއާ ޓެކިއުރޯސް ސީނިއާ ޓީމެވެ.
މިރޭ ކުޅޭ ސެމީފައިނަލްގެ ދެމެޗުން އެންމެ ރަނގަޅު ދެ ޓީމެއް ފައިނަލަށް ދަތުރުކުރާނެ އެވެ. އެގޮތުން މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 10:00 ގަ އެވެ.
މުބާރަތުގައި ބައިވެރިވެފައިވާ ހަ ޓީމް، ނިއު ވެލޯޒިޔާ ޒޫނިޔާ، ޓެކްރޮސީނިޔާ، އިމްގްރޭޝަން، ޓެކްރޮސް ޖޫނިޔާ، ނިއު ވެލޯޒިޔާ، އަދި ފިއޮންޓީ އެވެ.