20 Aug 2011, 14:59
ކުންފުނިތަކަށް އަމާޒްކޮށްގެން ބޭއްވުމަށް ހަމަޖެހފައިވާ ރަމަޒާން ކްރިކެޓް ކާނިވަލްގެ އިންވިޓޭޝަނަލް ކްރިކެޓް މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކްރިކެޓް ބޯޑުން ބުނެފި އެވެ.
ކްރިކެޓް ބޯޑުން ބުނީ، މުބާރާތް މާދަމާ ފަށާއިރު، މުބާރާތުގައި ބައިވެރިވެވޭނީ 5000ރ.ގެ ފީއެއް ދައްކައިގެންނެވެ. އެގޮތުން މިހާތަނަށް މުބާރާތުގައި ބައިވެރިވެފައި ވަނީ އެއާޓެކްސީ އާއި މާލޭ ސްޕޯޓްސް އާއި ޖީއެމްއާރާއި އެސްޓީއޯ އެވެ.
މިދިޔަ އަހަރުގެ އިންވިޓޭޝަނަލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެއާޕޯޓް ޓީމެވެ. ފައިނަލުގައި ވާދަކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް )އެމްޕީއެލް( އެވެ. އޯޕަން ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ބީޖީ ސްޕޯޓްސް ބަލިކޮށް ހޯދީ ކޮލިންސް ޓްރޭޑާސް އެވެ.