20 Aug 2011, 14:19
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް(ގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު އުވާލައި މުހައްމަދު ޝަފީގު ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ، ސީއޯއޯގެ މަގާމު އުވާލުމުން އޭނާ ވަޒީފާ އިން ވަކިވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް، އޭނާ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވެސް އޭނާ މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެކުންފުނިން ގޭގައި މަޑުކުރަން އެންގި ދެ މުވައްފަޒުން މާދަމާ އިން ފެށިގެން ވަޒީފާ އަށް ނުކުންނަން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ޖެނެރަލް މެނޭޖަރު މަގާމުގައި ތިއްބެވި ދެބޭފުޅުން ގޭގައި މަޑުކުރަން އަންގައި އެސިސްޓަންޓް ޖެނެރަލް މެނޭޖަރުގެ މަގާމަށް ޑީމޯޓްކޮށްފަ އެވެ. އެމީހުން އަލުން އަނބުރާ ވަޒީފާ އަށް ނުކުންނައިރު، ޑީމޯޝަނާ މެދު އަދި ގޮތެއް ނިންމައިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެއާޕޯޓްސް ކޮމްޕެނީގެ ސީނިއާ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގާފައި ވަނީ، އެ ކުންފުންޏާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. އެ މައްސަލަތައް އޭސީސީއާއި ފިނޭންސުން އަންނަނީ ބަލަމުންނެވެ.