އަގާމެދު އެއްބަސްވުމަކަށް އާދެވި އެންޑަލެޗްޓްގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އިނގިރޭސި ކްލަބް ޗެލްސީއަށް ބަދަލުވެއްޖެ އެވެ.

މެޑިކަލް ޓެސްޓްގައި ބައިވެރިވެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ލުކާކޫ ބުނެފައި ވަނީ، ޗެލްސީގެ ކުޅުންތެރިއަކަށް ވެގެންދިއުމަކީ ކުރިން ވެސް ކުރަމުންއާ އުންމީދެއް ކަމަށެވެ. އަދި މިހާރު އެ އުއްމީދުގެ އެންމެ ފަހު މަންޒިލް ވާސިލު ވެވުނީ ކަމަށެވެ.

އުމުރުން 18 އަހަރުގެ ފޯވާޑް ލުކާކޫ ހޯދުމަށް ޗެލްސީއިން ވަނީ މިދިޔަ ޓްރާންފާ ޕީރިއަޑުގައި ވެސް މަސައްކަތްކޮށް ކާމިޔާބުނުވެފަ އެވެ. ނަމަވެސް މި ޓްރާންސްފާ ޕީރިއަޑްގައި ލުކާކޫ ޗެލްސީއާއި ގުޅުނީ 20 މިލިއަން ޕައުންޑުގެ އަދަދެއް ކަމަށް ވެއެވެ.

ލުކާކޫގެ މެޑިކަލް މިދިޔަ ހަފުތާގައި ވަނީ ލަންޑަނުގައި ހަދައިފަ އެވެ. އެހެންވެ ވެސްޓް ބްރޮމްއާ ދެކޮޅަށް ޗެލްސީ މިއަދު ކުޅޭ މެޗުގައި އޭނާ ބޭނުން ކުރާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ.

ލޫކާކޫ އަކީ ބެލްޖިއަމް ލީގުގައި މިދިޔަ އަހަރު އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.