08 Feb 2018, 18:52
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝާޔަން ޝާހިދު ސަސްޕެންޑް ކޮށްފިއެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވާކަން ޕީއެސްއެމްގެ އޮފިޝަލަކު ވަނީ "ސަން"އަށް ޔަގީންކޮށްދެއްވާފައެވެ.
ޕީއެސްއެމްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އޭނާ މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށްފައި ހުރީ މިއަދުން ފެށިގެންނެވެ. ނަމަވެސް އޭނާ ސަސްޕެންޑްކޮށްފައި ހުރީ ކިހާދުވަހަކަށްކަމެއް އަދި ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ކަށަވަރު ކުރުމަށް ޝާޔަންއަށް މިއަދު "ސަން"އިން ގުޅާލުމުން އޭނާ ވިދާޅުވީ "މިވަގުތު މިހުރީ ވާހަކަ ދެއްކޭ ހާލަތެއްގައި" ނޫން ކަމަށެވެ.
ޕީއެސްއެމްގެ ބޯޑަށް ޝާޔަން އައްޔަން ކުރީ 2014 އަހަރު އެ ކުންފުނި ވުޖޫދަށް އައުމާ އެކުއެވެ.
ޝާޔަންގެ ސަސްޕެންޝަނާ ގުޅޭ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.