08 Feb 2018, 15:52
ގއ. ކޮލަމާފުށީގައި ގައުމީ ދިދައަށް ވުރެ އުސްކޮށް އެމްޑީޕީ ދިދައެއް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ވަނީ ކޮލަމާފުށީގައި ހުރި އެމްޑީޕީ ޖަގަހައަކަށް ކޯޓު އަމުރަކާ އެކު ވަދެފަ އެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ ޖަގަހައަށް ފުލުހުން ވަނީ ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލުގެ އަށް ވަނަ މާއްދާގެ (ހ) އާ ހިލާފަށް އެމްޑީޕީގެ ދިދައެއް ނަގާފައިވާތީ އެމައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
ނަމަވެސް ހެއްކާއި ގަރީނާގެ ގޮތުގައި ފުލުހުން އެތަނުން އެޗެއް ގެންދިޔަ ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މީގެ ކުރި ގައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލާ ހިލާފަށް ދިދަ ބޭނުން ކުރި ކަމަށް ބުނެ ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އޭރު ޕީޕީއެމް އޮފިޙުގައި ނަގާފަައި ހުރި ދިދަ ވެސް ފުލުހުން ގެންދިޔަ އެވެ.