ޖަރުމަންގެ ޝާލްކޭއަށް ކުޅެމުން އަންނަ ސްޕެއިން ތަރި ރައުލް ގޮންޒާލޭސް އެ ކްލަބުގައި މި ސީޒަންގައި ވެސް މަޑުކުރާނެކަމުގެ ޔަގީންކަން އޭނާގެ އެޖެންޓް ދީފި އެވެ.

"އަހަންނަށް ޔަގީން މިސީޒަންގައި ރައުލް ކުޅޭނީ ޝާލްކޭއަށްކަން. ޕެރިސް ސެއިންޓް ޖާމެންއިންނާއި ބެސިކްޓާސްއިން ރައުލް ހޯދުމަށް ހުށަހެޅުމެއް ލިބިފައެއް ނުވޭ. މިދިޔަ އަހަރުގައި ރައުލް ހޯދުމަށް ގިނަ ކްލަބުތަކަކުން މަސައްކަތްކުރި ނަމަވެސް އޭނާ ކެރިޔަރަށް އެންމެ ފައިދާކުރާނީ ޝާލްކޭކަން އޭނާ ވަނީ ނިންމާފައި." ރައުލްގެ އެޖެންޓް ގިނޭސް ކާވަޖަލް ބުންޏެވެ.

ތުރުކީގެ ބެސިލްޓާސްއިންނާއި ފްރާންސްގެ ޕީއެސްޖީ އިން ރައުލް ބޭނުންކަމަށް ހާމަފައިވަނިކޮށް ރައުލްގެ އެޖެންޓް މިވަނީ އެ ދެ ކުލަބުން އެއްވެސް ހުށަހެޅުމެއް ނުލިބޭކަމަށް ބުނެފައެވެ. ދާދިފަހުން އިނގިރޭސި ކުލަބް ބްލެކްބާންއިން ރައުލްއަށް ހުށަހެޅުމެއް ލިބުން ނަމަވެސް އެހުށަހެޅުން ވަނީ ދޫކޮށްލާފަ އެވެ.