ކެރަމް ހޯލުގައި ކުރިއަށްދާ އޯލްސްޕޯރޓްސް ރަމަޟާން ކެރަމް ކަޕްގެ ޑަބަލް އިވެންޓުގެ ބައިން ފައިނަލަށް ކުޅުންތެރިން ދަތުރުކޮށްފި އެވެ.

ފިރިހެނުންގެ ބައިން ފައިނަލުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޕެއާ އަކީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަބްދުލް ހަމީދު )ކޫޑު( އާއި އަހުމަދު ތޮލާލު ބަލިކުރި ހުސެން ނީޝާމާއި އަބްދުﷲ އާދަމް އެވެ. ފައިނަލުން ޖާގަ ކަށަވަރުކުރި ދެ ވަނަ ޕެއާ އަކީ ސެމީ ފައިނަލް ދެވަނަ މެޗުގައި އަލީ ޝުޖާއާއި މޫސާ ސާމިޢު ބަލިކުރި ހަސަން ނާޒިމާއި މުޢާވިން މުޚްތާރެވެ.

ޑަބަލްސް އިވެންޓުގެ އަންހެން ބައިގެ ފައިނަލުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޕެއާ އަކީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަފީފުއްނިޝާ އާއި ނަޝްވާން އަލީ ބަލިކުރި އާމިނަތު ވިޝާމާ އާއި ފާތިމަތު މިންހާ ނިޒާމެވެ. އަންހެން ޑަބަލްސް ފައިނަލުން ޖާގަ ކަށަވަރުކުރި ދެވަނަ ޕެއާ އަކީ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ފާތިމަތު ރައުފާ އާއި މާދިޙާ މުޚުތާރު ބަލިކުރި އައިޝަތް ޝަޒްނާ އާއި އައިޝަތް މައިޝާ އެވެ.

ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. މުބާރާތުގައި މިރޭ ފަށާނީ ސިންގަލްސް އިވެންޓުގެ މެޗުތަކެވެ.