20 Aug 2011, 11:12
ކްރިކެޓް ބޯޑްގެ އޯޕަން ޓޭޕް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ސިއާސީ ހޯދައިފި އެވެ. ސިއާސީ ޗެމްޕިއަންކަން ހޯދީ އިއްޔެ ޕެލަސް ސްޗްއޯންއާ ބައްދަލުކޮށް 28 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ޓޮސް ދިމާވުމުން އިއްޔެގެ މެޗްގައި ސިއާސީ ކުޅެން އަރައި އަށް އޯ ވަރުގެ ތެރޭގައި 117 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑުހެދި މަހުމޫދު ރިޔާޒާއި 21 ލަނޑު ހެދި މުޙައްމަދު އާމިރެވެ.
ޖަވާބުގައި ޕެލަސް ސްޗްއޯން ކުޅެންއަރާ އަށް އޯވަރުގެ ހަމަވިއިރު ފަސް ކުޅުންތެރިން ނުބައި ވެގެން ހެދުނީ 89 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި އަހްމަދު އާމިރެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަތަރު މެޗުން 160 ލަނޑުހެދި ސިއާސީގެ މުހައްމަދު އާމިރެވެ. އެންމެ ރަނގަޅު އުކުންތެރިއަކަށް ހޮވުނީ ހަތަރު މެޗުން ހަވިކެޓް ނެގި ޕެލަސް ސްޗްއޯންގެ މުހަންމަދު އާމިރެވެ.