06 Feb 2018, 22:48
މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އިން މީލާދީ އަހަރު ނިމުމާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ "އިޔާ އެންޑް ލީސް" ޕްރޮމޯޝަންގެ މިއަހަރުގެ ނަސީބުވެރިން ހޮވައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި އިނާމް ހަވާލުކޮށްދެއްވީ އެމްއެފްއެލްސީގެ ޑިރެކްޓަރުންނެވެ.
މި އަހަރުގެ އެ ޕްރޮމޯޝަންގައި، ކުރީން ލީސް ނަންގަވާފައިވާ ފަރާތްތަކަށް ދޭ ދެ ބޭފުޅުންގެ ޢުމްރާ ދަތުރު ގުރުއަތުން ހޮވިގެން ކާމިޔާބުކުރީ މަރިޔަމް ޒިޔާހަތް އެވެ.
ޕްރޮމޯޝަންގެ ތެރެއިން ލީޒް ނެންގެވި ބޭފުޅުންގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ފަރާތަކަށް އެ ކުންފުނިންދޭ ސައިކަލު ކާމިޔާބު ކުރީ އަލީ ލިރުޝާދު އެވެ. އޭނާ ލިބުނީ ޖީއެން ސައިކަލެކެވެ.
އެ ޕްރޮމޯޝަންގެ ތިންވަނަ އިނާމް ކަމުގައިވާ އައިފޯން 8 ގުރުއަތުން ކާމިޔާބު ކުރީ، ހައްވާ ފަޒީނާއެވެ.
އެމްއެފްއެލްސީއިން ބުނީ ކުރިއަށްއޮތް ތަނުގައިވެސް އެ ކުންފުނިން ތަފާތު އަގު ހުރި އިނާމުތަކާއެކު މިފަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.