މާލެއިން ޅ.ނައިފަރަށް ދިޔަ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އަޅާފައި ހުރި ހަތް ސެލޯފިންކޮޅާއި ދެ ރަބަރު ޕެކެޓާއެކު މިއަދު ހެނދުނު ހައްޔަރު ކުރީ ނައިފަރު، ނޫވިލާގެ އަހުމަދު ސުވައިލަމް 21، ކަމަށެވެ.

އަދި އޭނާ ހައްޔަރު ކުރީ މާލެއިން އެރަށަށް ދިޔަ "ކުރިމަގު" ކިޔާ ބޯޓަކުން ފޭބި ވަގުތު ކަމަށް ފުލުހުން ބުންޏެވެ.

ސުވައިލަމް އަތުން މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ނެވެ. އަދި އެ ކޮތަޅުގެ ތެރޭ ގިނަ އަދަދެއްގެ ހުސް ރަބަރު ޕެކެޓް ހުރި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިއްޔެ ވެސް ވަނީ ނައިފަރުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އަށް ޕެކެޓާ އެކު ތިން މީހަކު، ނައިފަރުން ހައްޔަރު ކޮށްފަ އެވެ.

ވޭތުވެދިޔަ ދެ ހަފްތާ ތެރޭ ނައިފަރު ޕޮލިސް ސްޓޭޝަނުން ވަނީ މަސްތުވާތަކެތީގެ ތިން މައްސަލަ އެއް ގައި ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ.