06 Feb 2018, 14:47
ސުޕްރީމް ކޯޓުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް އެބަ ދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށް ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފައާއި އިރުޝާދުގެ ދަށުން ކަމަށެވެ.
Dhivehi Raajjeyge Supreme Court (SC) ge Fan'diyaarunge Majileehuge lafa & irushaadhuge dhashun, SC ge masakkaiythah kuriah dhaa vaahaka mauloomaathah takai dhennevin!
— Maldives Judiciary (@judiciarymv)February 6, 2018
ޑީޖީއޭއިން މިހެން ބުނެފައިވާއިރު، ސުޕްރީމް ކޯޓަށް ރޭ ސިފައިން ވަދެ، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެބޭފުޅުންވެސް ފުލުހުން ވަނީ ލޯންޗެއްގައި ދޫނިދު އަށް ގެންގޮސްފައެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ އެންމެ އިސްވެރިއާ ހަސަން ސައީދު ހުސައިން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.
މި ތިން ބޭފުޅުންވެސް ހައްޔަރުކޮށްފައިވާ އިރު، ކޮމާޝަލް ހައުސިންގް އެޕާޓްމެންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓު ގަތުމަށް ކުރި މުއާމަލާތްތަކެއްގެ ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.