05 Feb 2018, 23:50
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަނބިދަރިކަލުން، މުހައްމަދު ނަދީމް ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ އެ ދެބޭފުޅުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ.
އެ ދަތުރުގައި އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހުސައިން ޝަމީމާއި މޫސާ ސިރާޖު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ފުލުހުން ބުނީ، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން "ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް، މއ. ކިނބިގަސްދޮށުގެ ވަނީ މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި" ކަމަށެވެ.
Fuluhun thahgeegu kuramundha massala akai gulhigen kureege Raees Maumoon Abdul Gayyoom, Ma. Kinbigasdhoshuge vany mirey fuluhunge belumuge dhashah genevifai.
— Maldives Police (@PoliceMv)February 5, 2018
މީގެ އިތުރުން "ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މުޙައްމަދު ނަދީމް، މއ. ކަނބޯގެ ވަނީ މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި" ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
Fuluhun thahgeegu kuramundha massala akai gulhigen Mohamed Nadheem, Ma.Kanboage vany mirey fuluhunge belumuge dhashah genevifai.
— Maldives Police (@PoliceMv)February 5, 2018