19 Aug 2011, 12:26
ކ.ކާށިދޫ ގެއަކުން 25000ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކާށިދޫ ފިނިފެންމާގެއިން 25000ރ. ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި އެރަށުން ހަތަރު ކުއްޖަކު ހައްޔަރު ކުރި ކަމަށެވެ. އަދި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ގެއްލިގެން ރިޕޯޓު ކުރި 25000ރ. ގެ ތެރެއިން 3،600ރ. ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެ ފައިސާތައް ފެނިފައި ވަނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު ދިރިއުޅޭ ކޮޓަރި ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
އެ މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.