ޅ. ހިންނަވަރުން އެ އަތޮޅު ނައިފަރަށް ދިޔަ ތިން މީހަކު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އަށް ޕެކެޓާ އެކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހިންނަވަރުން ފުރައިގެން ނައިފަރަށް ދިޔަ ލޯންޗަކުން ފައިބައިގެން ނައިފަރުގައި އުޅެނިކޮށް އިއްޔެ މެންދުރު ހައްޔަރު ކުރި ތިން މީހުންނަކީ ނައިފަރު ފަޒާ، އިސްމާއީލް މުހައްމަދު 22، އާއި ހަމަ އެ ރަށު އުރަހަ ހުސެއިން ޝަކީލް 22، އާއި އެ އަތޮޅު ހިންނަވަރު ހުޅުމަންދޫގެ މުހައްމަދު ފިރާޝް އާދަމް 23، ކަމަށެވެ.

އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ޕެކެޓްތައް އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް އަތޮޅު ތެރެ އިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން ނެވެ.