ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ސުވާލު ކުރުމަށް އެމަނިކުފާނުގެ ގެކޮޅަށް ދިއުމުން ސުވާލު ކުރުމުގެ ފުރުސަތު ނުދިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް މައުމޫން ސުވާލު ކުރުމަށް އެ ގެކޮޅަށް ދިއުމުން މިވަގުތު ބައްދަލުކުރެވެން ނެތް ކަމަށާއި ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

އަދި ތަހުގީގުގައި ސުވާލު ކުރަން ދިޔަ ފުލުހުންގެ މައުލޫމާތު ހޯދި ކަމަށް ފުލުހުން ބުންޏެވެ.

ރައީސް މަައުމޫނާ ފުލުހުން ސުވާލު ކުރަން ފުލުހުން މަސައްކަތް ކުރީ ކޮން މައްސަލައެއްގެ ތުހުމަތެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.