05 Feb 2018, 12:32
ތޫނު ހަތިޔާރު ހިފައިގެން ތިބި ގްރޫޕަކުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު ކައިރީ ރޭ ދަންވަރު އަޑުގަދަކޮށްފި ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ތޫނު ހަތިޔާރު ހިފައިގެން ތިބި ގްރޫޕަކުން މައުމޫންގެ ގެކޮޅު ކައިރީ ހަޑިހުތުރު ބަހުން އަޑު ގަދަ ކޮށްފައިވާ ކަމަށެވެ.
A band of thugs armed with knives drove by my residence several times after midnight last night shouting abuse at the top of their voice. I wonder who would have sent these unruly thugs?@PoliceMvand@MNDF_Officialmust investigate and take action
— Maumoon Abdul Gayoom (@maumoonagayoom)February 5, 2018
މައުމޫން ވަނީ އެ ގްރޫޕަކީ ކާކު ފޮނުވި ބައެއްތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި އެ މައްސަލަ ވީހާ ވެސް އަވަހަށް ބަލައި ދިނުމަށް އެމްއެންޑީއެފް އަދި ފުލުހުނަށް ރައީސް މައުމޫން ވަނީ ގޮވާލައްވައިފަ އެވެ.
މައުމޫނުގެ އެ ޓުވީޓާ އެކު ފުލުހުން ވަނީ އޭނާގެ ގެކޮޅު ކައިރީ ސެކިއުރިޓީ ބަލަހައްޓައިދޭން ފަށައިފަ އެވެ.
ހައްޔަރު ކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފައިވަ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާ ގުޅިގެން ސިޔާސީ މަސްރަހު ވަނީ ހޫނުވެފަ އެވެ.