މަރާމާތުގެ މަސައްކަތް ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފު "ސަން" ވިދާޅުވީ އެއާޕޯޓުގެ ރަންވޭ ބަންދުކުރީ މަރާމާތެއް ކުރުމަށް ކަމަށެވެ.

ހަސަން ވިދާޅުވި ގޮތުގައި، ރަންވޭ ބަންދުކޮށްފައިވަނީ މިއަދު ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.

ރަންވޭ ބަންދުކުރި ނަމަވެސް ރަންވޭގައި ނުޖެއްސޭނީ ހަމައެކަނި ބޮޑެތި ބޯޓުފަހަރުތައް ކަމަށާއި ކުދި ބޯޓުތަކަށް މިހާރު ވެސް ރަންވޭގައި ޖެއްސޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަންވޭ ބަންދުކުރި ނަމަވެސް ރަންވޭގައި ނުޖެއްސޭނީ ހަމައެކަނި ބޮޑެތި ބޯޓުފަހަރުތައް ކަމަށާއި އެހެނިހެން ބޯޓުތަކަށް މިހާރު ވެސް ރަންވޭގައި ޖެއްސޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަންވޭ ބަންދުކުރުމާއި ގުޅިގެން ބައެއް ފްލައިޓުތަކެއް ވަނީ ބުރޫ އަރައިފައެވެ. އެގޮތުން ކޮލޮމްބޯއިން އައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކާއި ދުބާއީއިން އައި އެމިރޭޓްސް ފްލައިޓެއް ވަނީ ޑައިވާޓް ކޮށްފައެވެ. މީގެ އިތުރުން ދަރަވަންދޫއިން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ދެ ފްލައިޓާއި ގަމުން މާލެ އަންނަން އޮތް ފްލައިޓެއް، އަދި މާމިގިލިން މާލެ އަންނަން އޮތް ފްލައިމީގެ ފްލައިޓެއް ވަނީ ޑިލޭ ވެފައެވެ.

މީގެ އިތުރުން މާލެއިން ފުރަން ހަމަޖެހިފައިވާ ބައެއް ބައިނަލްއަގުވާމީ އަދި ޑޮމެސްޓިކު ފްލައިޓުތައް ވެސް ވަނީ ޑިލޭވެފައެވެ.