18 Aug 2011, 16:38
ރާއްޖޭގެ ކްރިކެޓް ބޯޑުން އިއްޔެ ބޭއްވި އެކްޒެކްޓިވް ކޮމެޓީގެ ފަސް ވަނަ ޖަލްސާ އިން އެ ބޯޑްގެ ސެކެރެޓަރީ ޖެނެރަލްއެއްގެ މަގާމަށް މ. ހުރެންދޫ މުހައްމަދު ފައިސަލް ހަމަޖައްސައިފި އެވެ.
ކްރިކެޓް ބޯޑުން ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލި ތިން ފަރާތުގެ ތެރޭން ފައިސަލް އެމަޤާމަށް ހޮވުނީ ކްރިކެޓް ތަރަށްގީ ކުރުމަށާއި ކުޅިވަރަށް އޭނާ ކޮށްފައިވާ ހިދްމަތްތަކަށް ބަލައި އެކަމަށް އެންމެ އެކަށީގެންވާތީ އެވެ.
ފައިސަލްއަކީ ކްރިކެޓް ބޯޑުގެ މާކެޓިންގެ ހަރަކާތްތަކަށާއި ތަރަށްގީގެ މަސްރޫތައް އެކުލަވާލުމުގައި ވޮލަންޓިއަރެއްގެ ގޮތުން މަސައްކަތް ކޮށްދީފައިވާ މީހެއް ކަމަށް ވެސް ކްރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ އެކުލަވާލި ޤައުމީ ސްޕޯޓްސް ކައުންސިލްގެ މެންބަރުކަން ވެސް ފައިސަލް ވަނީ ކޮށްފަ އެވެ.
ފައިސަލް ސެކެރެޓަރީ ޖެނެރަލްއެއްގެ ގޮތުން ކްރިކްޓް ބޯޑުގައި ފުރަތަމަ މަސައްކަތް ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށި ގެން ނެވެ.