18 Aug 2011, 16:14
ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހެދި ޓެކްސް ނެގުމުގެ ގަވާއިދު ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފި އެވެ.
ގެޒެޓްކުރި ޓެކްސް ނެގުމުގެ ގަވާއިދުގައި ޓެކްސް ހިސާބު ކުރުމުގެ އުސޫލުތަކާއި ހުއްދަކުރެވޭ އުނިކުރުންތަކުގެ މައުލޫމާތާއި ނުއުފުލޭ މުދާ ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތަކުން ޓެކްސް ހިސާބުކުރުމުގައި އަމަލްކުރަން ޖެހޭ އުސޫލުތައް ހިމަނާފައިވެ އެވެ. ޓެކްސް ނެގުމުގެ ގަވާއިދު ގެޒެޓް ކުރިއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ޓެކްސް ނެގުމުގެ ގާނޫނަށް އަމަލު ކުރަން ފަށައިފަ އެވެ. އަދި އެ ގާނޫނު ރައީސް ނަޝީދު ތަސްތީގު ކުރެއްވީ މި އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.
ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގައިވާ ގޮތުން ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުން، އެފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 ރުފިޔާ އަށް ވުރެ އިތުރުވާ ނަމަ އިތުރުވާ އަދަދަކުން 15 ޕަސަންޓް ދައްކަން ޖެހެ އެވެ.