03 Feb 2018, 18:46
އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ، ސިދާތު މަލްހަތުރާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "އައްޔާރީ"އަށް، ސެންސަރު ބޯޑުން ފިލްމު ފާސްކުރި ކަމުގެ ލިޔުން އަދި ވެސް ނުލިބޭ ކަމަށް ފިލްމީ ދާއިރާގެ ބައެއް ނޫސްތައް ބުނަން ފަށާފިއެވެ.
މަނޯޖް ބަޖްޕާ އަންހެން ލީޑް ކުޅޭ އެ ފިލްމު ފާސްކުރި ކަމުގެ ލިޔުން ލިބިފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން ފިލްމު އަނެއްކާ ވެސް ފަސް ކުރަން ޖެހިދާނެކަމަށް 'ހިންދުސްތާންޓައިމްސް'ގައި ވެއެވެ.
ހިންދުސްތާންޓައިމްސް އިން ބުނީ އެ ފިލްމަކީ އެ ގައުމުގެ ގާނޫނާ ހިލާފަށް ހިންގާ، ހަތިޔާރުގެ މުއާމަލާތްތަކުގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމަކަށް ވުމުން އެ ގައުމުގެ ޑިފެންސް މިނިސްޓަރު އެކަމަށް އަދި ހުއްދަ ނުދޭ ކަމަށެވެ.
ފިލްމު ބެލުމަށް ފަހު ނޫނީ ފާސް ނުކުރާނެ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.
"އައްޔާރީ" އެންމެ ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ. ނަމަވެސް ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" 25 ވަނަ ދުވަހު ރިލީޒްކޮށްފައި ވުމުން އެ ފިލްމު ވަނީ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހަށް ފަސްކޮށްފައެވެ.