03 Feb 2018, 14:19
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހއ. ހޯރަފުށި، އަލިމަސްގެ އަޙްމަދު ސަޢުދީ އެމަޤާމުން ވަކިކުރައްވައިފި އެވެ.
ކުރީގެ ޕޮލިސް ކަމިޝަނަރު އަހްމަދު އަރީފް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަގާމުން ވަކިކުރެއްވުމާ އެކު އެ އިދާރާ ހިންގުން ހަވާލުކުރައްވާފައި ވަނީ، ޑީސީޕީ ސައުދީއާ އެވެ.
ސައުދީ ވަކިކުރިކަން ހާމަކުރަމުން ރައީސް އޮފީހުން ބުނީ ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީސީޕީ ސައުދީ އެ މަގާމުން ވަކިކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން ރައީސް ޔާމީން، ކޮމިޝަނަރ އޮފް ޕޮލިހަށް ގުޅުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށް އެކަން ކާމިޔާބު ނުވުމުން ފުލުހުންގެ ގާނޫނުގެ ދަށުންނާއި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އަރީފް ވަނީ ވަކިކުރައްވައިފައެވެ.