03 Feb 2018, 14:10
ރިތިކް ރޯޝަން އަދި ޓައިގާ ޝްރޯފް އާއެކު ޔަޝް ރާޖް ފިލްމްސް އިން އިއުލާނުކޮށްފައިވާ ފިލްމު ރިލީޒް ކުރާނެ ތާރީޚު ހާމަކޮށްފި އެވެ.
ޔަޝް ރާޖް ފިލްމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.
ރިތިކް އަދި ޓައިގާ އާއެކު ފިލްމުން ދެން ފެނިގެން ދާނީ ބަތަލާ ވާނީ ކަޕޫރު އެވެ. އަދި ނަމެއް ދީފައި ނުވާ އެ ފިލްމަކީ އެކްޝަން އެންޓަޓެއިނާ އެކެވެ.
ފިލްމުގައި ރިތިކް އަދާކުރާނީ ޓައިގާގެ ގުރޫގެ ރޯލެވެ. ފިލްމުގައި ފެނިގެން ދާނީ ޓައިގާ އަދި ރިތިކްގެ ކުރިމަތިލުމެކެވެ.
މިއީ ޓައިގާ އަދި ރިތިކް އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. ދެމީހުންނަކީ ވެސް އެކްޝަން ފިލްމުތަކާއި، ނެށުމުގެ ހުނަރުވެރިކަމަށް މަޝްހޫރު ދެ ފަންނާނުންނެވެ. އަދި ރިތިކް އަކީ ޓައިގާގެ 'އައިޑޮލް' ވެސް މެއެވެ.
ސިދާރްތު އާނަންދު ޑައިރެކްޓު ކުރާ އެ ފިލްމުގެ މަސައްކަތް ފަށާނީ މި އަހަރު އޯގަސްޓު މަހު އެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހު ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ.
މިއީ 'ދޫމް 2' އަށް ފަހު ޔަޝް ރާޖް ފިލްމްސް އާއެކު ރިތިކް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި ޔަޝް ރާޖް ފިލްމްސް އާއެކު ޓައިގާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.