02 Feb 2018, 21:20
އިސްލާމީ ގައުމެއްގައި ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބުކޮށްފައި ހުރި ވެރިޔަކާ ދެކޮޅަށް ނިކުތުމަކީ ފާފަވެރި ވެދާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވީ އިސްލާމީ މުޖްތަމައު އެއްގައި ފިތުނަ އުފެއްދުމަކީ ލައުނެއް ލައްވާފައިވާ ކަމެއް ކަމަށެވެ.
ޒިޔާދު ވިދާޅުވީ މުޖުތަމައުގައި ފިތުނަ އުފެއްދުމާއި ފަސާދަ އުފެދޭނެ ފަދަ ވާހަކަތައް ދެއްކުމަކީ ބޮޑު ނުބައި ކަމެއް ކަމަށެވެ. އަދި ޝަރުއީ ގޮތުން ހޮވާފައި ހުރި ވެރިއަކާ ބެހޭ ގޮތުން ފިތުނަ އުފެދޭ ވަަހަކަތައް ނުދެއްކުމަށްވެސް މިނިސްޓަރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ އިސްލާމީ މުޖްތަމައުއެއްގެ ވެރިޔަކާ ދެކޮޅަށް ނުކުތުމަކީ ފާފަވެރިވެދާނެ ކަމެއް ކަމަށާއި ރައްޔިތުން އެކަންކަމާއި މެދު ވިސްނަންޖެހޭ ކަމަށެވެ.
"އިސްލާމީ ގައުމެއްގައި ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބުކޮށްފައި ހުރި ވެރިޔަކާ ދެކޮޅަށް ނިކުތުމަކީ ފާފަވެރި ވެދާނެ ކަމެއް،" ޒިޔާދު ވިދާޅުވިއެވެ.