ކ. ޅޮހިފުށި ރިސޯޓުގައި ރޭގަނޑުގެ ކެއުމަށް ނުކުތް ދެ ޓޫރިސްޓަކު ގެއްލިގެން ސިފައިންނާއި ފުލުހުންނާއި ރަށުގެ މެނޭޖްމަންޓުން ނުކުމެ ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެފަދަ ރިޕޯޓެއް ލިބިގެން ރަށު ތެރެ ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެމީހުންގެ އެއްވެސް ހިލަމެއް ވެފައިނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެމީހުން ގެއްލިގެން ހޯދަން ފަށާފައި ވަނީ ބުދަ ދުވަހުގެ ރޭ ކެއުމަށް ނުކުތް ފަހުން ކަމަށެވެ. އަދި އޭގެ ފަހުން އެމީހުންގެ ހަބަރެއް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި މިހާރު އެ ރަށު ކައިރި ހިސާބުތައް ފީނައިގެން ސިފައިން ބަލަމުން އަންނަ ކަމަށެވެ.