ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭ ގޮތަށް ސިޔާސީ ހުރިހާ ލީޑަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ "ޖިނާއީ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެ ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ބެލި އިރު، އެ މައްސަލަތަކަކީ ގާނޫނީ ހަމަތަކުގެ މަތީން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަން ޖެހޭ މައްސަލައަކަށް ވާތީ، އެ މައްސަލަތަކާ މެދު އަލުން ގޮތެއް ކަނޑައެޅެންދެން، ގ. ކެނެރީގޭ މުހައްމަދު ނަޝީދު، މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމު، މ. ކޮޅުފުށީ، މަލްހާރު، އިމްރާން އަބްދުﷲ، ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު، ގއ. މާމެންދޫ، ރަތްމަސްގޭ މުހުތާޒު މުހުސިން، މ. މާފަންނުވިލާ ގާސިމް އިބްރާހިމް، މއ. ކިނބިގަސްދޮށުގޭ ފާރިސް މައުމޫން، ގއ. މާމެންދޫ ވީނަސް، އަހުމަދު ނިހާން، މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް؛ އާއި މިފަރާތްތަކާ ބެހޭ މައްސަލަތައް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރުކުރާ" ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު 2018/އެސްސީ-އެސްޖޭ/01: ސަފްޙާ-1

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު 2018/އެސްސީ-އެސްޖޭ/01: ސަފްޙާ-2

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު 2018/އެސްސީ-އެސްޖޭ/01: ސަފްޙާ-3

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު 2018/އެސްސީ-އެސްޖޭ/01: ސަފްޙާ-4

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު 2018/އެސްސީ-އެސްޖޭ/01: ސަފްޙާ-5