01 Feb 2018, 21:38
ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރީ ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭ ކައިރީގައި ހުންނަވަނިކޮށެވެ.
ނަދީމް އަކީ މިވެރިކަމުގައި މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ވެސް އަދާ ކުރައްވާފައި ބޭފުޅެކެވެ.
އެނގިފައިވާ ގޮތުގައި އެންދެރިމާގޭ ކައިރިން ނަދީމް ހައްޔަރުކުރީ އެގޭގައި ހުންނެވުމަށްފަހު ބޭރަށް ފޯނެއް ކުރަން ނުކުންނެވިތަނައި ކޯޓު އަމުރެއް ދެއްކުމަށްފަހު އެވެ.
ނަދީމް ހައްޔަރުކޮށްގެން މިހާރު ގެންގޮސްފައިވަނީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.