01 Feb 2018, 13:40
ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މޫވެންޕިކްގެ ކޮފީ މާލެއަށް ތައާރަފުކޮށްފިއެވެ.
މޫވެންޕިކް ކޮފީ މާލެއަށް ތައާރަފްކޮށްފައި ވަނީ ރޭ މޫވެންޕިކް މޯލްޑިވްސްގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.
އެ ބްރޭންޑްގެ ކޮފީއަކީ ދުނިޔޭގައި ހައްދާ އެންމެ ކޮލިޓީ ކޮފީ ބީންސް ބޭނުންކޮށްގެން ހަދާ ކޮފީއެކެވެ.
މާލެއިން މޫވެންޕިކް ކޮފީ ލިބެން ހުންނާނީ މާލޭގެ އަބަދަށްފެހިމަގުގައި ހުންނަ މޫވެންޕިކް މޯލްޑިވްސް އިންނެވެ. އެތަނުން މޫވެންޕިކްގެ ކޮފީގެ އިތުރުން އެ ބްރޭންޑްގެ އައިސްކްރީމް ވެސް ލިބެން ހުރެއެވެ.