18 Aug 2011, 10:44
ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޯޕަން ޓޭޕް ބޯލް މުބާރާތުގައި އިއްޔެ ކުޅުނު މެޗް ޕެލަސް ސްޗްއޯންގެ ޓީމުން ކާމިޔާބު ކޮށްފި އެވެ.
ކުޅިވަރު އެކުއެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މިމެޗް ފެލަސް ސްޗްއޯންގެ ޓީމުން ކާމިޔާބު ކުރީ އެސްޓީއޯއާ ބައްދަލުކޮށް ހަ ވިކެޓުންނެވެ.
މެޗްގައި ޓޮސް ދިމާވުމުން ފުރަތަމަ އެސްޓީއޯ ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 40 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑު ހެދި ސިފާން އެވެ.
ޖަވާބުގައި ޕެލަސް ސްޗްއޯން ކުޅެންއަރާ ތިން އޯވަރުގެ ތެރޭގައި އެއްވިކެޓަށް 44 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 13 ލަނޑުހެދި އާމިރެވެ.
ޕެލަސް ސްޗްއޯންއާ އެސްޓީއޯ ކުޅުނު މެޗް ފިޔަވައި އިތުރު އެހެން މެޗެއް ވެސް އިއްޔެ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެމެޗް ކެންސަލް ކުރިއިރު، އެމެޗްގައި ބައްދަލް ކުރުމަށް ހަމަޖެހިފައިވާ ދެ ޓީމަކީ ޕްރޯލެޕްއާ ވިލާކޮލެޖްގެ ޓީމެވެ.
މިމުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ސެމީފައިނަލްގެ ދެ މެޗެވެ. އެގޮތުން ފުރަތަމަ މެޗްގައި ސިއާސީއާ ދެކޮޅަށް މީރާޒް 11ގެ ޓީމް ކުޅޭއިރު، ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ޕެލަސް ސްޗްއޯންއާ މަޖިލސް ޓީމެވެ.
މެޗްތައް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:10 ގައެވެ.