ޖަރުމަނުވިލާތަށް ދަތުރު ކުރާ ދިވެހިންނަށް، ޚާއްސަކޮށް އެގައުމުގައި ބާއްވާ ޓުއަރިޒަމްގެ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން އަށް ދާ ދިވެހިންނަށް ހާއްސަކޮށްގެން ޖަރުމަނު ވިލާތަށް ދާ ވިސާ ރާއްޖެއިން ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ބުނީ ޖަރުމަނަށް ދަތުރު ކުރާ ދިވެހިންނަށް ޚާއްސަ ކޮށްގެން ލުއިފަސޭހަކަމާއެކު ވިސާއަށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ފެބްރުއަރީ މަހުގެ ހަތަކުން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް ވިސާ އެޕްލިކޭޝަން ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި އެ ސެންޓަރުން ހިދުމަތް ދޭ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 18:00 އަށް ކަމަށް ވެސް އެމިނިސްޓްރީ އިން ބުނެއެވެ. ހުކުރު ދުވަހުވެސް މި ސެންޓަރުގެ ހިދުމަތް ލިބޭނެއެވެ، އެއީ މެންދުރު ފަހު ދޭކުން އިރުއޮއްސި ހަޔަކަށެވެ.

މި ސެންޓަރު ގާއިން ކުރާނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ.

ވިސާ އެޕްލިކޭޝަން ސެންޓަރުގެ ޚިދުމަތް ހޯއްދަން ބޭނުންމަ އޮންލައިންކޮށް ވިސާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހަދަން ޖެހެއެވެ. އެޕޮއިންޓްމެންޓް ހެދޭނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު އެގާރައިގެ ނިޔަލަށެވެ.

ރާއްޖޭން ވިސާ ޖެހޭ ގޮތް ވުމުން ޖަރުމަނަށް ދަތުރު ކުރާ ދިވެހިންނަށާއި އައިޓީބީ ފެއާގައި ބައިވެރިވާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ ވިދާޅުވެފައެވެ.

މާޗް މަހު އޮންނަ އައިޓިބީ ބާލިން ފެއާ ގައި ގިނަ ދިވެހިން ބައިވެރިވެއެވެ. މީގެ އިތުރުން މިހާރު ޔޫރަޕްގެ ގައުމުތަކަށް ޗުއްޓި ހަދަން ދާ ދިވެހިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

އެޕޮއިންޓްމެންޓް ހަދަން ލޮގް-އިންވާން ޖެހޭ ވެބްސައިޓްް