31 Jan 2018, 13:44
މާލޭގެ ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ހޮވި، ފައިސާ ނުދެއްދުނު މީހުންނަށް ހުޅުމާލެއިން އަގުހެޔޮ ފްލެޓް ދޭން ނިންމައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާކޮށި އަދި އަރަބިއްޔާ ފްލެޓްތަކަށް ހޮވި ފައިސާ ނުދެއްކުނު ފަރާތްތަކަށް، ހުޅުމާލޭގައި ސަރުކާރުން ހިންގަވާ އަގުހެޔޮ ގެދޮރުވެށިކަމުގެ މަޝްރޫއަކުން ފްލެޓު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެމްއެމްއޭއާ ގުޅިގެން ސަރުކާރުން އިއުލާން ކުރި "ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމް" ދަށުން ގާކޮށްޓާއި އަރަބިއްޔާ ފްލެޓުތަކަށް ފައިސާ ނުދެއްކި ތިބި ފަރާތްތަކަށް ލޯނު ދޫކުރަން މީގެ ކުރިން ވަނީ ހުޅުވާލާފައެވެ.
އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކުން މެދުކަނޑާލާފައި އޮތުމަށްފަހު، ގަތުމުގެ ފުރުސަތު މިއަދު ވަނީ އަނެއްކާ ވެސް ހުޅުވާލާފައެވެ.
'Gaakoshi/Arabiyya' flat thakah hovi, flat ah faisaa nudhekkunu faraaithakah, Hulhumale gai sarukaarun hingavaa aguheyo gedhoruverikamuge mashroou akun, flat dhinumah sarukaarun vanee nimmavaafai.
— Dr.Mohamed Muizzu (@MMuizzu)January 31, 2018