31 Jan 2018, 14:02
ލޮނުޒިޔާރަތް މަގުގައި ހުންނަ 'އައިފިކްސް 2' ފިހާރަ ފަޅާލައި އެ ފިހާރައިން ފޯނުތަކެއް ވަގަށް ނެގި މައްސަލާގައި ކުޑަ ދެކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ ރޭ ފަތިހު 4:55ގައި ފިހާރައެއް ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ފޯނުތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމައްސަލާގައި ހައްޔަރު ކުރީ 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިން ކަމަށް ފުލުހުން ބުންޏެވެ.
އެ ފިހާރައިން ވަގަށް ނަގާފައި ވަނީ ކިހާ މޯބައިލް ފޯނެއް ކަމެއް އަދި ގެއްލިވެފައި ވަނީ ކިހާ ފައިސާއެއް ކަމެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.