01 Feb 2018, 09:22
މާވެލްއިން ފުރަތަމަ ފަހަރަށް އެމެރިކާގެ ކަޅު ނަސްލު ހިމެނޭ ގޮތަށް އުފެއްދި ފިލްމު "ބްލެކް ޕެންތާ"އަށް ކްރީކުންގެ ތައުރީފު ލިބިއްޖެއެވެ.
ކްރީޓުންނަށް ފިލްމު ދެއްކި ނަމަވެސް އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ.
ފިލްމުގެ ލީޑުގައި ހަރާކާތްތެރިވެފައިވަނީ ޗެޑްވިކް ބޯސްމެން، މައިކަލް ބީ ޖޯޑަން، ލުޕިތާ ޔޯންގޯ، މާޓިން ފްރީމެންގެ އިތުރުން ޑެނިއެލް ކަލުއްޔާ އެވެ.
އެލް އޭ ޓައިމްސްގެ ޖާނަލިސްޓް ޓްރެވެލް އެންޑަސަން ބުނީ ފިލްމަކީ ފުރިހަމަ ފިލްމެއް ކަމަށާއި އެ ފިލްމުން ފެންނަނީ ކަޅު، ލޯބީގެ ސިޓީ އެއް ކަމަށެވެ.
And everybody was here: Kendrick, Janelle, Ava, Yara, Donald Glover, Issa, Kumail, Amber Riley, Lena, David O.#BlackPanther
— Tre'vell Anderson (@TrevellAnderson)January 30, 2018
ލިޔުންތެރިޔާ މާކް ބާނާޑިން ބުނީ ފިލްމުގައި ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް މަންޒަރުތަކެއް ފެންނަ ކަމަށާއި ފިލްމު ވަރަށް ސަޅި ކަމަށެވެ.
So...#BlackPanther. So much to digest. But first blush: Majestic.
— Marc Bernardin (@marcbernardin)January 30, 2018
ބިޒްނަސް އިންސައިޑާގެ ރިޕޯޓަރު ޖޭސަން ގްރޭސިއޯ ބުނީ "ބްލެކް ޕެންތާ" ވެގެންދާނީ ބެލުންތެރިންނަށް ވެސް ކަމުދާ ވަރަށް ފުރިހަމަ ފިލަމަކަށް ކަމަށެވެ. އަދި މާވެލް އިން ގެނެސްދޭ އެންމެ ފުރިހަމަ ފިލްމަށް އެ ފިލްމު ވެގެންދާނެ ކަމަށެވެ.