31 Jan 2018, 12:02
ސުޕަމޫން ނޫ ހަނދަކާ (ބްލޫމޫން) އެކު ފުރިހަމަ ހަނދުކޭތަ މިރޭ ހިފާތީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އޭޝިއާ، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ އިރުމައްޗަށްވެސް ހުރިހާ ސަރަހައްދުތަކަށް ވެސް ފެންނާނެ ކަމަށް ބެލެވޭ ހަނދުކޭތަ އަދި 150 އަހަރަށް ފަހު ހިފާ ހަނދުކޭތަ (ސުޕާ ބްލޫ ބްލަޑް މޫން) ރާއްޖެއަށް ފެންނަން ފަށާނީ މިއަދު 5:51 ހާއިރު ކަމަށެވެ. އަދި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މިރޭ 7:40 ހާއިރު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވެސް އެއް މިސްކިތެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށާއި މާލޭގެ އިސްލާމީ މަރުކަޒުގައި މަޣްރިބު ނަމާދު ނިންމައި ފަސް މިނެޓުގެ ވަގުތު ކޮޅަކަށްފަހު ކޭތަ ނަމާދު ކުރުމަށްފަހު ހާއްސަ ހުތުބާ އެއް ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮންމެ 156 އަހަރުން އެއްފަހަރު މިފަދަ ހަނދުކޭތައެއް ހިފާ އިރު، މި ގަރުނުގެ ތެރޭގައި މިފަދަ ކޭތައެއް ދެން ނުހިފާނެއެވެ.