ސަރުކާރައި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 2.02 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން އިއްޔެ ޝާއިއުކުރި 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުގައި ވާ ގޮތުން، އާމްދަނީގެ ގޮތުގައި އެކުންފުންޏަށް 2.024 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އެއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރު އާމްދަނީގެ ގޮތުގައި ލިބުނު 1.7 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 16 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ހޯދާފައިވަނީ 46 މިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ހަތަރު ކުއާޓަރަށް ޖުމްލަކޮށް ބަލާއިރު، އެސްޓީއޯއަށް މުޅި އަހަރު ލިބުނު ސާފު ފައިދާގެ ޖުމްލައަކީ ގާތްގަނޑަކަށް 207 މިލިޔަން ރުފިޔާއެވެ.

މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވާ ފައިދާގެ އަގަކީ 41 ރުފިޔާއެވެ.