އެލައިޑް އިންޝުއަރަންސުން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރަންސްއަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އެލައިޑް އިންޝުއަރަންސުން މިރޭ ކުރިޔަށް ގެންދިޔަ އެލައިޑް ސްޕެޝަލް އިވެންޓުގައި އިއުލާނުކުރި ގޮތުން، އެލައިޑުގެ ޓްރެވަލް އިންޝުއަރަންސް ޕްލޭނުގައި މިހާރު 19 ކަމެއް ހިމެނޭނެއެވެ.

އެލައިޑުން ބުނި ގޮތުގައި، މީގެ ކުރިން ޓްރެވަލް އިންޝުއަރަންސް ބޮޑަށް ޚާއްސަކޮށްފައިވަނީ ބިޒްނަސް ޓްރެވަލަރުންނަށް ނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން މީހުން އެންމެ ގިނައިން ދަތުރުކުރަނީ ޗުއްޓީއަށް، އޭޝިއާގެ ގައުމުތަކަށެވެ.

އެހެންކަމުން، ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ "ޓްރެވެލާސް"އަށް ވެސް އިންޝުއަރަންސް ނެގޭނެ ގޮތަށް، އެލައިޑުގެ ޓްރެވަލް އިންޝުއަރަންސަށް ވަނީ ބަދަލު ގެނެސްފައެވެ.

އިންޝުއަރަންސަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ބެގޭޖުު ލޮސް މާނަކުރާ ގޮތް ފުޅާކުރުން ހިމެނެއެވެ. މީގެ ކުރިން ބެގޭޖު ލޮސްގެ ގޮތުގައި ބަލަނީ ޗެކިން ބެގޭޖު ވިޔަސް، ޕްލޭނަށް ގެނައި ބަދަލާ އެކު، ދަތުރުވެރިޔާ ދަތުރުމަތީގައި އުޅޭއިރު ގެންގުޅޭ ހުރިހާ އެއްޗެއް ޕްލޭނުގެ ތެރެއިން އިންޝުއާ ކޮށްދޭނެއެވެ.

މީގެ އިތުރުން، ދަތުރުމަތިން ގެއްލޭ ނަގުދު ފައިސާއަށް ބަދަލު ދިނުމާއި، ޓިކެޓާއި ޑޮކިއުމެންޓްސް ގެއްލުމުގެ ބަދަލާއި، ދަތުރު މަތީގައި އުޅޭ އިރު ކޮންމެ ޓްރާންސްޕޯޓެއް މިސްވި ނަމަވެސް އެކަމަށް ބަދަލު ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން ސިޔާސީ ހަމަނުޖެހުން ނުވަތަ ގުދުރަތީ ހާދިސާއަކާ ގުޅިގެން ކުރިޔަށް ގެންދާ އިވެކުއޭޝަން

އެލައިޑުން ބުނި ގޮތުގައި، އެލައިޑް ޓްރެވަލް އިންޝުއަރަންސްގެ ނަން "ޓްރެވެލާސް އިންޝުއަރަންސް"ގެ ނަމަށް ރީބްރޭންޑްކޮށް، ކަސްޓަމަރުންނާ ހަމައަށް ލިބެން ފަށާނީ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން އެލައިޑުން ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ބިލްޑާސް އިންޝުއަރަންސްވެސް ތައާރަފުކޮށްފައެވެ. ބިލްޑާސް އިންޝުއަރަންސަކީ ކޮންސްޓްރަކްޝަނުގެ ދާއިރާގައި ކުރިމަތިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށާއި، ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކަށް ފުރިހަމަ އިންޝުއަރަންސް ހޯދުމުގެ އިތުރުން ސައިޓުގައި ބޭނުންކުރާ މެޝިނަރީއަށް ވާ ގެއްލުމުގެ ބަދަލު ދޭ އިންޝުއަރަންސް ޕްލޭނެކެވެ.

މި އިންޝުއަރަންސްގެ ދަށުން ތިން ޕެކޭޖެއް އޮވެއެވެ. އެއީ ބިލްޑާސް ބޭސިކް ޕެކޭޖާއި، ބޭސިކް ޕްލަސް ޕެކޭޖުގެ އިތުރުން ބިލްޑާސް ޕްރީމިއަމް ޕެކޭޖެވެ.