30 Jan 2018, 21:57
ކުޑަކުދިންތަކެއްގެ ފޮޓޯތަކެއް އާންމުކޮށް ބޭއަދަބީ ބަހުން ފޭސްބުކް ޕޭޖެއްގައި ލިޔުނު މައްސަލައާ ގުޅިގެން މާލޭގެ ގެއެއް ބަލައި ފާސްކުރަމުން އެބަދެއެވެ.
އެމައްސަލައިގައި ފުލުހުން ބަލައި ފާސްކުރަމުން ދަނީ މ. ހިމްމިޔާއެވެ.
އެ ގެ ބަލައިފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވާ ގޮތުން އެގެ ބަލައި ފާސް ކުރަނީ އެމައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށެވެ.
ކުޑަކުދިންގެ ކަރާމަތަށް ގެއްލުންލިބޭ، ޖިންސީ އެކިއެކި ވާހަކަތައް ލިޔަމުން ދިޔަ އެ ޕޭޖް ފުލުހުން އެދިގެން ފޭސްބުކުން ވަނީ ޑިލީޓް ކޮށްދީފައެވެ.