Faseyha molhakaaeku TC inn AFC Cup Play-off ge jaaga eh kashavaru koffi
Faseyha molhakaaeku TC inn AFC Cup Play-off ge jaaga eh kashavaru koffi

Last Updated:
8 year 10 month ago

ފަސޭހަ މޮޅަކާއެކު ޓީސީން އޭއެފްސީ ކަޕް ޕްލޭއޯފްގެ ޖާގައެއް ކަށަވަރުކޮށްފި

  • ޓީސީގެ ލަނޑު ކާމިޔާބުކޮށްދިނީ އެނަޓޯލީ
  • ސައިފްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކިންގްސްލީ
  • ދެވަނަ ހާފުގައި ވެސް ޓީސީގެ އެނަޓޯލީގެ ދެ ލަނޑު ފެނިގެންދިޔަ
ބުލޮގު ޚުލާސާ

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ބައްދަލުކުރާ ދެވަނަ ލެގު މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ މެޗަށް ދެ ޓީމު ނުކުންނައިރު:

  • އަމިއްލަ ފަސްގަނޑުގައި ކުޅޭ ޓީސީއަށް އެޑްވާންޓޭޖް ބޮޑު. ބަނގުލަދޭޝްގައި ކުޅުނު ފުުރަތަމަ ލެގު މެޗުން ޓީސީ ވަނީ މޮޅުވެފައި.

  • ބަނގުލަދޭޝްގައި ކުޅުނު މެޗުން ޓީސީ މޮޅުވީ 1-0ގެ ނަތީޖާއަކުން. އެ މެޗުގައި ޓީސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނަށް އެޓީމާ އަލަށް ގުޅުނު މިޑްފީލްޑަރު އެނަޓޯލީ ވްލާސިޗޭވް.
  • ފުރަތަމަ ލެގު މެޗުގައި ބަނގުލަދޭޝްގެ ސައިފްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފިފައެއް ނުވޭ.
  • މިރޭގެ މެޗު އެއްވަރުވެގެން ނިމުނަސް، ޓީސީއަށް އޭއެފްސީ ކަޕް ޕްލޭއޯފްގެ ޖާގައެއް ލިބޭނެ. ޕްލޭއޯފްގެ ޖާގައެއް ސައިފުން ބޭނުންވާ ނަމަ، މިރޭގެ މެޗުން މޮޅުވުން އެޓީމަށް މަޖުބޫރުވާނެ.
  • އެގްރިގޭޓުން ކުރި ހޯދާ ޓީމެއް ޕްލޭއޯފްގައި ނުކުންނަން ޖެހޭނީ އިންޑިއާގެ ބެންގުލޫރު އެފްސީ ނުވަތަ ބޫޓާންގެ ޓްރާންސްފޯޓް ޔުނައިޓެޑާ ދެކޮޅަށް.
23:02

މި ނަތީޖާއާއެކު ޓީސީން ޕްލޭއޯފްގެ ޖާގައެއް ހޯދީ 4-1ގެ އެގްރިގޭޓުން ސައިފްގެ މައްޗަށް ކުރި ހޯދައިގެން. ފްލޭއޯފްގައި ޓީސީ ނުކުންނަން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް.

23:01

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެން.

22:59

ޓީސީގެ ފަހު ބަދަލު. ސައްޓުގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު އައިހަމް.

22:57

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

22:55

ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން އެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑާއި ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ކިރްގިސްތާނު މިޑްފީލްޑަރު އެނަޓޯލީ. އެ ލަނޑާއެކު އެނަޓޯލީގެ ހެޓްރިކް ވަނީ ފުރިހަމަވެފައި.

22:55

'88- ޓީސީން ލީޑު ފުޅާކޮށްފި.

22:54

'87- އާރީއަށް ސައިފްގެ ޕެނަލްޓީ އޭރިއާ ބޭރުން ކުރި ފައުލަކާ ގުޅިގެން ޓީސީއަށް ހިލޭ ޖެހުމެއް. އާރީއަށް އަނިޔާވެގެން ވަނީ ދަނޑުން ބާލާފައި.

22:51

ޓީސީން ބަދަލެއް. ރިލްވާންގެ ބަދަލުގައި ކުޅެން ނުކުތީ ޔާމީން އިބްރާހިމް (ޔާމްބެ).

22:51

ޓީސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެނަޓޯލީ.

22:50

'83- ޓީސީން ޕެނަލްޓީ ކާމިޔާބުކޮށް، އަނެއްކާވެސް ލީޑު ހޯދައިފި.

22:49

'82- ސައިފްގެ ޕެނަލްޓީ އޭރިއާ ތެރެއިން އާރީއަށް ސައިފްގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެން ޓީސީއަށް ޕެނަލްޓީއެއް.

22:48

މިރޭގެ މެޗަށް ގާތްގަނޑަކަށް 4000 އެއްހާ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި.

22:46

'78- ޓީސީން ބަދަލެއް.މުރުތަލާގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު އާރިފް (އާރީ).

22:44

'77- ސައިފްއަށް ވަރަށް ހުސް ފުރުސަތެއް.ކިންގްސްލީ ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ސައިފްގެ ޝެރިންގްހަމް ވިލިއަމް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

22:42

'75- ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން ސޮހެލް ރާނާ، ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި. ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ފައްރާ އަތުގައި ބޯޅަ ޖެހުމުން ސައިފްގެ ކުޅުންތެރިން ރެފްރީއަށް އެޕީލްވެސް ކުރި. ނަމަވެސް ރެފްރީ އެކަން ބަލައިގަނެފައެއް ނުވޭ.

22:34

މެޗުން ސައިފް މޮޅުވެއްޖެ ނަމަ، އެޓީމަށް ޕްލޭއޯފްގެ ޖާގަ ލިބޭނެ. ނަމަވެސް އެއްވަރުވެގެން ނުވަތަ ޓީސީ މޮޅުވެގެން މެޗު ނިމިއްޖެ ނަމަ، ޕްލޭއޯފްގެ ޖާގަ ލިބޭނީ ޓީސީއަށް. އެގްރިގޭޓުން ކުރި ހޯދާ ޓީމެއް ޕްލޭއޯފްގައި ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް.

22:32

'64- ސައިފްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ޓީސީގެ އެނަޓޯލީއަށް ރީނދޫ ކާޑެއް.

22:30

'63- ޓީސީއަށް ފުރުސަތެއް.ޓީސީގެ ބިދޭސީ މިޑްފީލްޑަރު އެނަޓޯލީ ފޮނުވާލި ހިލޭ ޖެހުން، ސައިފްގެ ގޯލްކީޕަރު އަޝްރަފުލް އިސްލާމް ރާނާ ވަނީ މަތަކޮށްފައި.

22:24

'57- ސައިފްގެ އިތުރު ހަމަލާއެއް.ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސައިފްގެ އެމްޑީ އަބްދުﷲ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިދިން ބޭރަށް.

22:21

'54- ސައިފްގެ ނުރައްކާތެރި ހަމަލާއެއް.ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސައިފްގެ އެމްޑީ އަބްދުﷲ ފޮނުވާލި ބާރު ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

22:19

'52- ސައިފްއިން ބަދަލެއް. ޒޯނީގެ ބަދަލުގައި ކުޅެން ނުކުތީ ސޮހެލް ރާނާ. އޭނާއަކީ ބަނގުލަދޭޝް ގައުމީ ޓީމުގެ ކުޅުންތެރިއެއް.

22:17

'50- ސައިފްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.

22:14

'46- ސައިފްއަށް ރަނގަޅު ފުރުސަތެއް.ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކިންސްގްލީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

22:12

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

21:56

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

21:54

ސައިފްގެ ލަނޑަށްފަހު އެޓީމުން ދަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ހޯދުމަށް މަސައްކަތްކުރަމުން. މި ހާފުގެ ފަހުކޮޅު ރަނގަޅު ކުޅުމެއް ދައްކަމުންދަނީ ސައިފްއިން.

21:53

ސައިފްއިން ބަދަލެއް. ހެމޮންޓާގެ ބަދަލުގައި ކުޅެން ނުކުތީ އެމްޑީ އަބްދުﷲ. ހެމޮންޓާއަށް ވަނީ އަނިޔާއަކާ ކުރިމަތިލާން ޖެހިފައި.

21:45
އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ ޓީސީއާއި ބަނގުލަދޭޝްގެ ސައިފް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
21:42

ކޯނަރެއްގެ ތެރެއިން ސައިފްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިންގްސްލީ ޗިގޯޒީ. ޕެނަލްޓީ އޭރިއާ ތެރެއިން ޓީސީގެ ޑިފެންޑަރުންނަށް އޭނާ މާކް ކުރެވިފައެއް ނުވޭ.

21:41

'32- ސައިފްއިން ލަނޑު ޖަހައި ލީޑު ނަތީޖާ ހަމަހަމަކޮށްފި.

21:38

'29- ޓީސީގެ ޕެނަލްޓީ އޭރިއާ ބޭރުން އަޚްރޯރްއަށް ކުރި ފައުލަކާ ގުޅިގެން ސައިފްއަށް ހިލޭ ޖެހުމެއް. އަޚްރޯރް ފޮނުވާލި އެ ހިލޭ ޖެހުން ޓީސީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21:36

'27- ޓީސީގެ ކީޕަރު ނަދީމްގެ އިތުރު ސޭވްއެއް.މިފަހަރު ނަދީމް މަތަކޮށްފައިވަނީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސައިފްގެ ކިންގްސްލީ ފޮނުވާލި ހަމަލާއެއް.

21:34މުޙައްމަދު ޝަމްޢޫންގައުމީ ފުޓްބޯޅަ ދަނޑު

އެ ގޯލާއެކު ޓީސީގެ ސަޕޯޓަރުންގެ އަޑު ވަނީ އިތުރަށް ގަދަވެފައި. އަދި ބަނގުލަދޭޝްގެ ސަޕޯޓަރުންގެ އަޑު މިހާރު ވަރަށް މަޑުވެފައިވާކަން ފާހަގަކޮށްލެވޭ.

21:33

ބަނގުލަދޭޝްގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ވެސް ޓީސީން ޖެހި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ އެނަޓޯލީ.

21:32

ސާމިރު ނަގައިދިން ކޯނަރަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ވްލަސިޗޭވް އެނަޓޯލީ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސައިފްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން.

21:31

'22- ޓީސީން ލަނޑު ޖަހައި ލީޑު ހޯދައިފި.

21:27

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި އިންޑިއާގެ ބެންގަލޫރު ވަނީ އަމިއްލަ ފަސްގަނޑުގައި މިރޭ ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑް އަތުން 3-0ގެ ނަތީޖާއަކުން މޮޅުވެފައި. އެ މެޗުގެ ކުރިން ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން. އެހެންކަމުން މިހާރު ޓީސީއާއި ސައިފް ބައްދަލުކުރާ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމެއް ޕްލޭއޯފް ބުރުގައި ނުކުންނަން ޖެހޭނީ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް.

21:25

'16- ސައިފްގެ ހެމޮންޓާ ދިން ބޯޅަ، ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ޝެރިގްހަމްއަށް ރަނގަޅަށް ކޮންޓްރޯލް ނުވުމުން އެ ބޯޅައިގެ ބޭނުން ހިފޭގޮތެއް ނުވި.

21:22

'13- ސައިފްއަށް އިތުރު ފުރުސަތެއް.ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ކިންގްސްލީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ނަދީމްއާ ދިމާލަށް.

21:19

'10- ސައިފްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ބޯޅަ، ޓީސީގެ ބެންޖޯއަށް ލިބުމުގެ ކުރިން ސައިފްގެ ޑިފެންޑަރު ޓޮޕޫ ދިފާއުކޮށްފި.

21:16

މެޗުގައި ޓީސީގެ ގޯލް ބަލަހައްޓަމުންދަނީ ބަދަލު ކީޕަރު އިބްރާހިމް ނަދީމް އާދަމް. މިމެޗުގެ ފުރަތަމަ 11ގައި އޭނާ ހިމަނާފައިވަނީ ފުރަތަމަ ލެގު މެޗުގައި ޓީސީގެ އެއް ނަންބަރު ގޯލްކީޕަރު ޑިމިޓްރީ އަސްނިންއަށް އަނިޔާވުމުން. އަސްނިންއަށް ލިބުނު އަނިޔާއާ ގުޅިގެން އެ މެޗުގައި ބަދަލު ކީޕަރެއްގެ ގޮތުގައި ނަދީމް ފެނިގެންދިޔަ.

21:12

4'- ސައިފްއަށް ރަނގަޅު ފުރުސަތެއް.ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސައިފްގެ ޝެރިންގްހަމް ފޮނުވާލި ހަމަލާ، ކީޕަރު އިބްރާހިމް ނަދީމް އާދަމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

21:11މުޙައްމަދު ޝަމްޢޫންގައުމީ ފުޓްބޯޅަ ދަނޑު

ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަނގުލަދޭޝް ރައްޔިތުން ވަނީ މެޗު ބަލަން ދަނޑަށް ވަދެފައި. ޓީސީގެ ސަޕޯޓަރުންގެ އަދަދުވެސް ކުރިއާ އަޅާބަލާއިރު ގިނަކަން ފާހަގަކޮށްލެވޭ.

21:09

މެޗުގެ ކުޅުން ފަށައިފި.

20:48

ސައިފް އެސްސީގެ ފުރަތަމަ 11:

  • އަޝްރަފުލް އިސްލާމް ރަނާ - ގޯލްކީޕަރު

  • ޓޮޕޫ ބާމަން
  • ޖަމާލް ބުޔާން - ކެޕްޓަން
  • ހެމޮންޓާ ވިންސެންޓް ބިސްވާސް
  • ސުޝާންޓޯ ޓްރިޕޫރާ
  • ޝެރިންގްހަމް ވިލިއަމް
  • އުމަރްޖޮންވޯވް އަޚްރޯރް
  • ޑެއިނާ އަންދްރޭސް އެސްކާޕެޓާ
  • އެމްޑީ ރަހްމަތު މިއާ
  • ކިންގްސްލީ ޗިގޯޒީ
  • މަސުކް މިއާ ޒޯނީ
20:41

ޓީސީގެ ފުރަތަމަ 11:

  • އިބްރާހިމް ނަދީމް އާދަމް - ގޯލްކީޕަރު

  • އަލާއެލްޑިން ނަސްރު އެލްމަގްރަބީ
  • އަބްދުﷲ ހަނީފް (ބެންޖޯ)
  • މުރުތަލާ އަދުނާން
  • އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)
  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)
  • މުހައްމަދު ސާމިރު
  • ފައްރާހް އަހްމަދު (ފައްރަ) - ކެޕްޓަން
  • އިޝާން އިބްރާހިމް (ސައްޓު)
  • އަހްމަދު ރިލްވާން
  • ވްލާސިޗޭވް އެނަޓޯލީ