އައްޑޫ ސިޓީގެ ހުޅުމީދޫ ޗަސްބިމުގައި ރޯވެ އަނދަމުން އެބަދެއެވެ.

ފުލުހުން ބުނީ ހުޅުމީދޫ ކުޅި ސަރަހައްދުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިިބުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާން ރޯވިކަމުގެ ހަބަރު ފުލުހުންނަށް ލިބުނީ މިއަދު 13:15 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރޯވެފައިވާ އަލިފާންގަނޑު ނިއްވާ ނުލެވޭ ކަމަށެވެ. "ފުލުހުންނާ ރައްޔިތުން ގުޅިގެން އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރަނީ އަދިވެސް" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އަލިފާން ރޯވވެފައިވާ ސަރަހައްދަކީ ބޮޑު ޗަސްބިމެއް ކަމުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ ގެއެއް ނުހުންނާނެ ކަމަށް ފުލުހުން ބުނެއެވެ.