ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފެމެލީ ޑްރާމާ، "ވަކިން ލޯބިން"ގެ ޓިކެޓް، އެސްއެމްއެސްގެ ޒަރިއްޔާ އިންނާއި ވައިބާގެ ޒަރިއްޔާ އިން ޓިކެޓް ބުކް ކޮށްދޭން ފަށައިފިއެވެ.

އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޓިކެޓް ބުކް ކުރުމަށް ޝޯވްގެ ތާރީހު، ޓިކެޓްގެ އަދަދު ޖެއްސެވުމަށްފަހު 9911229 އަކަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރުމަށް "ވަކިން ލޯބިން"ގެ ޓީމުން އެދެއެވެ.

ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ އެވެ.

މީގެ އިތުރުން ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

"ވަކިން ލޯބިން"ގެ ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު އެ ފިލްމަކީ އަކީ މުހިއްމު މެސެޖެއް އަންގައިދޭ، މުޖުތަމައަށް ބޭނުންތެރި މެސެޖެއް ރައްދު ކޮށްދޭނެ ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަނީ ބުނެފައެވެ.