30 Jan 2018, 10:39
އިންޑިއާގެ ބޮޑު ޓުއާ އޮޕަރޭޓަރުންގެ އެންމެ ބޮޑު އެސޯސިއޭޝަން "އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް" (އައިއޭޓީއޯ) އިން ސަޓާ 2018 އެންޑޯޒް ކޮށްފިއެވެ.
އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަކީ ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ، ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު މި އަހަރު ބާއްވަން ހަމަޖެހިފައިވަނީ މުމްބާއީގައެވެ.
އައިއޭޓީއޯއަކީ އިންޑިއާގެ ޓޫރިޒަމް އިންޑަސްޓްރީގެ އެކި ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 1.600 އަށްވުރެ ގިނަ މެންބަރުންނާއެކު ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
ނަވާރަސަތޭކަ އަށްޑިހަ ދެވަނަ އަހަރު އުފެއްދި އެ ޖަމިއްޔާއަކީ ބައިނަލްއަގުވާމީ ގަބޫލުކުރާ އެކި ގައުމުތަކާ ގުޅުން އޮންނަ ޖަމިއްޔާއެކެވެ. އޭގެ ތެރޭގައި އެމެރިކާ، ނޭޕާލް، އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ ޓޫރިޒަމް އެސޯސިއޭޝަންތަކާ ގާތް ގުޅުމެއް އައިއޭޓީއޯއިން ގެންގުޅެއެވެ.
އައިއޭޓީއޯއިން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ޖަމިއްޔާތަކާ ގުޅުން ބަދަހިކޮށް ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތް ކުރަމުންނެވެ.
އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ އެވޯޑަށް ޕްރޮޕަޓީތައްއޮންލައިންކޮށްނޮމިނޭޓްވުމުގެ ފުރުސަތު މާޗް 15 އާ ހަމައަށް ހައިރައިޒުން ވަނީ ހުޅުވާލައިފައެވެ. ނޮމިނޭޝަން ހުޅުވާލައިފައި ވަނީ 10 ސެގްމެންޓަކުން، 36 ކެޓަގަރީ ހިމެނޭ ގޮތަށް ކަމަށް ހައިރައިޒުން ބުންޏެވެ.
މިމަހުގެ 15ގައި ނޮމިނޭޝަން ހުޅުވާލައިފައިވާއިރު މިހާތަނަށްވެސް ސަރަހައްދީ ގޮތުން ބޮޑެތި ބްރޭންޑުތަކުން ނޮމިނޭޝަނަށް ކުރިމަތިލާފައިވާ ކަމަށް ހައިރައިޒުން ބުންޏެވެ.
ސަޓާ އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރުވެސް މަސައްކަތް ކޮށްފައިވަނީ ސަން އޮންލައިނެވެ.
ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:
- އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
- ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
- ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
- ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
- ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
- އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
- މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
- ނޭޕާލް ޓޫރިޒަމް ބޯޑު
- އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
- ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
- އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް