30 Jan 2018, 11:58
މަގްބޫލު ޑައިރެކްޓަރު ރޯހިތު ޝެޓީ އުފައްދާ ފިލްމު "ސިމްބާ"ގެ ފިރިހެން ލީޑް ތަރިއަކަށް ރަންވީރު ސިންހް ހަމަޖައްސައި އަންހެން ލީޑް ތަރިއަކަށް ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ހަމަޖައްސައިފިއެވެ.
ފިލްމުގެ ޕޯސްޓަރު ދާދި ފަހުން ދައްކާލައިފައިވާއިރު ރޯހިތު ބުނީ އެ ފިލްމަކީ ވަރަށް މަސައްކަތްކޮށްގެން އުފައްދާ ފިލްމެއްކަމަށެވެ. "ސިމްބާ" އަކީ ތަފާތު ވަރުގަދަ ފިލްމެއް ކަމަށާއި ފިލްމުގައި ޖާންވީ އަދާ ކުރާ ރޯލު ވެގެންދާނީ ވެސް ވަރަށް އާދަޔާ ހިލާފު ރޯލަކަކަށް ކަމަށް ހަބަރުތައް ބުނެއެވެ.
ރަންވީރު އެ ފިލްމުގައި ފުލުހެއްގެ ރޯލު އަދާ ކުރާއިރު، ފިލްމުގެ ކޯ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނީ "ސިމްބާ" ކަހަލަ ވަރުގަދަ ފިލްމެއްގެ ރޯލަކުން ޖާންވީ ފެނިގެން ގޮސްފިނަމަ އެއީ އޭނާގެ ކެރިއަރަށް ލިބޭ ވަރަށް ވެސް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ސިމްބާ" އަކީ އެން.ޓީ. ރާމަ ރާއޯ ޖޫނިއާ އާއި ކާޖަލް އަގަރްވާލް ކުޅެފައިވާ ފިލްމު "ޓެމްޕާ"ގެ ރިމޭކް އެކެވެ.
ޖާންވީ ބޮލީވުޑަށް ތައާރަފްވާނީ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރާ އެއްކޮށް ކުޅޭ ފިލްމު "ދަޅަކް" އިންނެވެ.