30 Jan 2018, 09:06
އިންޑިއާގެ ހޮސްޕިޓަލެއްގައި އެމްއާރްއައި މެޝިނެއްގެ ތެރެއަށް މީހަކު ދަމައިގަނެފިއެވެ.
މިހާދިސާގައި އެމީހާ މަރުވެފައިވާއިރު އާއިލާއިންބުނީ ހޮސްޕިޓަލުން ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ އެމްއާރްއައި ސްކޭން ހަދާ ރޫމަށް އެމީހާ ވަން އިރު މެޝިން ޖައްސާފައި ހުރުމުންނެވެ.
ހާދިސާގައި މަރުވީ ރާޖޭޝް ކިޔާ މީހެކެވެ. އޭނާގެ އާއިލާއިން ބުނީ ސްކޭން ރޫމަށް އެމީހާ ވަނީ އެތަނަށް ވަނުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބުނުމުން ކަމަށެވެ. އެމް އާރްއައި ރޫމުގައި އޭރު ރާޖޭޝްގެ ގާތް މީހަކު އޮތް އިރު ވޯޑް ބޯއީގެ އެދުމުގެ މަތިން އޭނާ ވަނީ އޮކްސިޖަން ސިލިންޑަރެއް ހިފައިގެންނެވެ.
"އެކަހަލަ އެއްޗެހި ވެއްދުން މަނާ ނޫންހޭ އެހުމުން ބުނީ އެއީ މައްސަލައެއް ނޫންކަމަށް އެމީހުން އަބަދުވެސް ކުރާ ކަމެއް ކަމަށް،" ރާޖޭޝް އެތަނަށް ވަންނަން ދިޔައިރު ޑޮކްޓަރުވެސް އަދި އެތަނުގެ ޓެކްނީޝަންވެސް އެއްވެސް އެއްޗެއް ނުބުނާ ކަމަށް އާއިލާ އިން ބުނެއެވެ.
ރާޖޭޝް މެޝިން ތެރެއަށް ދަމައިގަތުމުން އޭނާ ސަލާމަތް ކުރަން އެންމެ ފުރަތަމަ މަސައްކަތްކުރީވެސް ވޯޑް ބޯއީ އެވެ. ރާޖޭޝް ނެގުނު އިރު އޭނާގެ މުޅި ހަށިގަނޑުން ލޭ އަންނަމުންދިޔަ ކަމަށާއި އެމަޖެންސީގައި ފަރުވާދޭން ފެށިތާ 10 މިނެޓު ފަހުން އޭނާ މަރުވީ ކަމަށް އާއިލާ އިން ބުނެއެވެ.
ވޯޑް ބޯއީ އާއި ޑޮކްޓަރާ ދެކޮޅަށް ފިޔަވަޅު އަޅަން ރާޖޭޝްގެ އާއިލާއިން ވަނީ ގޮވާލައިފައެވެ.