ފަސްދޮޅަސް ވަނަ ގްރޭމީ އެވޯޑް ހަފްލާ އިއްޔެ ބާއްވާފައިވާއިރު މި ހަފްލާއިން އެންމެ ފާހަގަވެގެން ދިޔަ ކަމަކީ އެ ހަފްލާގެ ރެޑްކާޕެޓް އިވެންޓެވެ. އެ ހަފްލާގައި ބައިވެރިވި ތަރިން ވަނީ ހޮލީވުޑްގައި އޮތް "ޖިންސީ ފުރައްސާރައިގެ ސަގާފަތާ" ދެކޮޅުކަން ހާމަ ކުރުމަށް ހުދު ފިނިފެންމާ ބޭނުންކޮށްފައެވެ.

މި ހަފްލާގެ ރެޑްކާޕެޓް ހެދުންތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވޭ ހެދުން އަޅާފައިވާ އަންހެން ތަރިންގެ ތެރޭގައި މައިލީ ސައިރަސް، ޕިންކް، ކެޝާ، ލޭޑީ ގާގާ އަދި ކެމީލާ ކެބޭލޯ ހިމެނެއެވެ.

ފޮޓޯ: ގެޓީ

މައިލީ ފެނިގެން ދިޔައީ ކަޅުކުލައިގެ ގޯލްޓިއާ ޖަމްޕްސޫޓެއްގައެވެ. ޓައިމްސްއަޕް ކެމްޕެއިނަށް ސަޕޯޓު ދިނުމަށް މައިލީ ހުރީ ހުދު ފިނިފެންމަލެއް ހިފައިގެންނެވެ.

ޕިންކ (މ) --- ފޮޓީ: އޭޕީ

މި ހަފްލާގައި ޕިންކް ފެނިގެން ގޮސްފައިވަނީ އަރްމާނީ ކުޓޯ ހެދުމެއްގައެވެ. ފެދާޑް ހެދުމެއްގައި އޭނާ ހުރި އިރު ހުދު ފިނިފެންމާ އިނީ ހެދުމުގައި ހަރުކޮށްފައެވެ.

ކެޝާ--- ފޮޓޯ: ރޮއިޓާސް

މި ހަފްލާގައި ކެޝާ ފެނިގެން ދިޔައީ ނޫޑީ ކޮންކްގެ ވިންޓޭޖް ނޭވީ ބްލޫ ސޫޓެއްގައެވެ. ކެޝާގެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އަރައިގެންހުރި ސިލްވާ ބޫޓެވެ. އޭނާގެ ސޫޓުގައި ހުރި ހުދު ފިނިފެންމާތަކަކީ ޓައިމްސްއަޕް ކެމްޕެއިނަށް ސަޕޯޓު ދިނުމަށް ބޭނުންކޮށްފައިހުރި އެމްބްރޮއިޑަރީ އެވެ. މި އީ 2010 ވަނަ އަހަރަށްފަހު ކެޝާ ގްރޭމީ އެވޯޑްސްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ލޭޑީ ގާގާ ---

ލޭޑީގާގާ ވެސް ފެނިގެން ދިޔައީ އަރްމާނީ ގައުންއެއްގައެވެ. ކަޅު ލޭސް ހެދުމުގައި ހުދު ފިނިފެންމާ ހަރުކޮށްފައި އިނެވެ.

ކެމީލާ --- ފޮޓޯ: ރޮއިޓާސް

ކެމީލާ ފެނުނީ ރަތްކުލައިގެ ސިލްކް ގޯން އެއްގައެވެ. އޭނާގެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ސިލްވާކުލައިގެ ޑިސްކޯ ބޯލް ކްލަޗްއެވެ. ކެމީލާ އަތުގައިވެސް ހުދު ފިނިފެންމާ އޮތެވެ.

މިފަހަރުގެ ގްރޭމީ އެވޯޑްސްގައި އެންމެ ކާމިޔާބީ ބްރޫނޯ މާސް އެވެ. އެންމެ މޮޅު ލަވަ، އަލްބަމް އަދި ރިކޯޑް އޮފް ދަ އިޔާވެސް ލިބުނީ އޭނާ އަށެވެ.