29 Jan 2018, 11:41
ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ، ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) މިއަހަރު ބާއްވާނީ އިންޑިއާގެ މުމްބާއީގައި ކަމުގައި ކަނޑައަޅައިފިއެވެ.
ސަޓާ އެވޯޑުގެ ޓީމެއް އިންޑިއާގެ މުމްބާއީއަށް މި މަހުގެ ކުރީކޮޅުގައި ދިއަ އިރު، މުމްބާއީގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެކި ބޭފުޅުންނާ ބައްދަލުކޮށް، މަޝްވަރާ ކޮށްފައިވެއެވެ.
މަޝްވަރާތަކަށް ފަހު ސަޓާއިން ނިންމީ، އިންޑިއާގެ ވިޔަފާރީގެ މައި ސިޓީ މުމްބާއީގައި ސަޓާ 2018 ބޭއްވުމަށެވެ. އެހެން ނަމަވެސް އެވޯޑު ހަފްލާ ބާއްވާނީ މުމްބާއީގެ ކޮން ތަނެއްގައި ކަމެއް ކަނޑައަޅާފައެއް ނުވެއެވެ.

ސަޓާގެ ޓީމުން ބޫޓާންގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރާއި ބައްދަލުކުރުން -- ފޮޓޯ/ ހައިރައިޒް
ސަޓާގެ ޓީމުން އިންޑިއާއަށް ކުރި ދަތުރުގައި އިންޑިއާގެ މަހާރަޝްތުރާ ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލުކުރިއެވެ. އަދިި މުމްބާއީގައި އޮތް އައުޓްބައުންޑް ޓްރެވަލް މާކެޓް 2018 އަށް ޒިޔާރަތްކޮށް، ބޫޓާންގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަންގެ އިތުރުން އިންޑިއާގެ މަޝްހޫރު ޓާޖް ހޮޓެލްސް އެންޑް ރިސޯޓްސްގެ އިސްވެރިންނާ ވަނީ ބައްދަލުކޮށް، މަޝްވަރާ ކޮށްފައެވެ.
އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ އެވޯޑަށް ޕްރޮޕަޓީތައްއޮންލައިންކޮށްނޮމިނޭޓްވުމުގެ ފުރުސަތު މާޗް 15 އާ ހަމައަށް ހައިރައިޒުން ވަނީ ހުޅުވާލައިފައެވެ. ނޮމިނޭޝަން ހުޅުވާލައިފައި ވަނީ 10 ސެގްމެންޓަކުން، 36 ކެޓަގަރީ ހިމެނޭ ގޮތަށް ކަމަށް ހައިރައިޒުން ބުންޏެވެ.

ހައިރައިޒުން ސަޓާ އެވޯޑް ބާއްވާނެ ތަނަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް އިންޑިއާގެ ތާޖް ހޮޓެލްސްގެ ގްލޯބަލް ވައިސް ޕްރެޒިޑެންޓާއި ބައްދަލް ކުރެއްވުން -- ފޮޓޯ/ ހައިރައިޒް
މިމަހުގެ 15ގައި ނޮމިނޭޝަން ހުޅުވާލައިފައިވާއިރު މިހާތަނަށްވެސް ސަރަހައްދީ ގޮތުން ބޮޑެތި ބްރޭންޑްތަކުން ނޮމިނޭޝަނަށް ކުރިމަތިލާފައިވާ ކަމަށް ހައިރައިޒުން ބުންޏެވެ.
ސަޓާ އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރުވެސް މަސައްކަތް ކޮށްފައިވަނީ ސަން އޮންލައިނެވެ.
ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:
- އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
- ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
- ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
- ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
- ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
- އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
- މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
- ނޭޕާލް ޓޫރިޒަމް ބޯޑު
- އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
- ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް