ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު" އަކީ ފަހުގެ ތާރީހެއްގައި އިންޑިއާގައި އަޅުވަން މަސައްކަތްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލަތައް ކުރިމަތިވި ފިލްމެވެ.

ފިލްމު އެޅުވިތާ މާ ގިނަ ދުވަހެއް ނުވަނީސް ވެސް އެ ފިލްމު އަޅުވާ ސިނަމާ، ތިއޭޓަރު ތަކަށް ވަނީ ގެއްލުން ދޭން ފަށައިފައެވެ. އެ ގޮތުން 'ޕަދްމާވަތު' ދައްކަނިކޮށް އިންޑިއާގެ މަހަރާސްތުރާގައި ހުރި ސިނަމާ އެއްގައި ވަނީ ޕެޓް ރޯލް ބޮން އުކާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕެޓް ރޯލް ބޮން އުކި ނަމަވެސް ސިނަމާ ތެރޭ ތިބި އެއްވެސް ބަޔަކަށް އަނިޔާވެފައެއް ނުވެއެވެ.

"ޕަދްމާވަތު" އަށް ގިނަ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް އެ ފިލްމަށް އަންނަނީ ބޮޑު ކާމިޔާބީ އެއް ލިބެމުންނެވެ. ގިނަ އަދަދެއްގެ މީހުން ފިލްމު ބަލަން ވަންނަ އިރު ފިލްމު ބެލި ގިނަ މީހުން ބުނަނީ ފިލްމަކީ 'މާސްޓާޕީސް' އެއް ކަމަށެވެ.

ފިލްމު ބެލި ގިނަ ބަޔަކު ވަނީ ފިލްމަށް ތައުރީފުކޮށްފައެވެ. ދީޕިކާ ޕަދްކޯން، ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ފެނިގެންދާ މި ފިލްމު އުފައްދާފައިވަނީ އެއް ބިލިއަން ރުޕީސްގެ ބަޖެޓަކުންނެވެ.

މައުލޫމާތު: ކްލިޕާ 28