29 Jan 2018, 09:19
ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އަލުން ފިލްމީ ދާއިރާއަށް ނުކުންނަން އުޅޭ ކަމުގެ އުފާވެރި ހަބަރު އޭނާ ދީފިއެވެ.
ދިހަ އަހަރުގެ މެދު ކެނޑުމަކަށްފަހު ސުޝްމިތާ ބުނީ ފިލްމީ ދާއިރާއަށް އަލުން ނުކުތުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ވިސްނުނު ކަމަށާއި އޭނާއަށް ފިލްމީ ދާއިރާއާ ދުރަށް ނުދެވުނު ކަމަށެވެ.
"ކުރިއަށް އޮތްތާ ފިލްމު ކުޅޭނަން. މިހާރު ވެސް ވަރަށް ރަނގަޅު ސަޅި ދެ ތިން ސްކްރިޕްޓެއް ލިބިފައި ވަނީ. ސްކްރިޕްޓް ތައް ކިޔަމުން ޑައިރެކްޓަރުންނާ މަޝްވަރާ ކުރަމުން މިދަނީ،" އޭނާ ބުންޏެވެ.
އަވަސް މުސްތަގްބަލެއްގައި ފިލްމަކުން ފެނިގެންދާނެ ކަމަށާއި މަގްސަދަކީ ގިނަ މީހުންނާ ގުޅުން ބަދަހި ކުރުން ކަމަށްވެސް ކުރީގެ ރީތީގެ ރާނީ ބުންޏެވެ.
ސުޝްމިތާ މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވި ނަމަވެސް އޭނާ ވަނީ ދެ ކުދިން އެޑޮޕްޓް ކޮށްފައެވެ.
ސުޝްމިތާ ފިލްމީ ދުނިޔެއާ އަލްވަދާއު ކީ 2010 ވަނަ އަހަރު ނުކުތް "ނޯ ޕްރޮބްލަމް" އަށް ފަހުއެވެ.
މައުލޫމާތު: އިންޑިއާ ޓުޑޭ